މޯލްޑިވްސް ޕޮލިސް ސާވިސް

ހިއުމަން ޓްރެފިކިން ނެޓްވޯކެއް އަތުލައިގެންފި

May 18, 2023

ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިން ނުވަތަ އިންސާނުންގެ ވަގުފާރި ހިންގާ ނެޓްވޯކަކާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް ހަތަރު އަންހެނުންނެވެ.

މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ގާނޫނީ އިމުގެ ބޭރުން ބިދޭސީން ރާއްޖޭގައި އެތައް ވިޔަފާރިއެއް ކުރެ އެވެ. އަދި މިފަހަކަށް އައިސް ޖިނާއީ ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިފަދަ ކަންކަން ހުއްޓުވުމަށް އިދާރާކުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އާންމުން އަބަދުވެސް ބުނެ އެެވެ.