ސްޓީލް ހާޑްވެއާ

ސްޓީލް ހާޑްވެއާ އިން ޝެރާ ގްރޫވް ބޯޑް ވިއްކަން ފަށައިފި

May 20, 2023
2

ސްޓީލް ހާޑްވެއާ އިން ވިއްކަމުން އަންނަ މަޝްހޫރު ޝެރާ ބޯޑުގެ ގްރޫވް ބޯޑު މާކެޓަށް ނެރެ ވިއްކަން ފަށައިފި އެވެ.

ފިނިޝިން އާއި އިންޓީރިއާ ޑިޒައިންއަށް ހާއްސަ ޝެރާ ގްރޫވް ބޯޑަކީ, ޑިޒައިން ހިމެނޭ ޝެރާ ބޯޑެވެ.

ފްލޯރިންގެ އިތުރުން ފާރާއި ސީލިންގް ޑިޒައިން ކުރުމުގައިވެސް އެ ބޯޑު ބޭނުން ކުރެވޭނެ ކަމަށް ސްޓީލް ހާޑްވެއާ އިން ބުނެ އެވެ.

ސްޓީލް ހާޑްވެއާ އިން ބުނީ އަލަށް ތައާރަފް ކުރެވުނު ގްރޫވް ބޯޑަކީ އަލިފާން ނުހިފާ އަދި ކަތުރު ފަނި ފަދަ ދިރޭތަކެތި ނުއުފެދޭ ގޮތަށް ތައްޔާރު ކޮށްފައިވާ, ބޯޑުތަކެއް ކަމަށެވެ. އަދި އެއީ އޮރިޖިނަލް ޝެރާ ބޯޑާއި އެއް ކޮލެޓީއެއްގެ ބޯޑުތަކެއް ކަމަށާއި, ތަފާތަކީ ހަމައެކަނި ޒިނައިން ހުރުން ކަމަށް ސްޓީލް ހާޑްވެއާ އިން ބުނެ އެވެ.

ހޮޓެލް އަދި ރިސޯޓް މާކެޓަށް ހާއްސަކޮށްގެން ތައާރަފް ކުރެވުނު ޝެރާ ގްރޫވް ބޯޑަކީ, ބޭނުން ވައްތަރެއްގެ ކުލަ ނުވަތަ ވާނިޝް ބޭނުންކޮށްގެން ކަސްޓަމައިޒް ކުރެވޭނެ ބޯޑުތަކެއް ކަމަށް ސްޓީލް ހާޑްވެއާ އިން ބުނެ އެވެ. އެގޮތުން އެ ބޯޑުތައް އުފައްދާފައިވަނީ ވަރަށް ބޮޑަށް ލަކުޑީގެ ޓެކްސްޗާއަކާއި އެކުގައި ކަމަށްވެ އެވެ.

ސްޓީލް ހާޑްވެއާ އިން މިހާރު ޝެރާ ގްރޫވް ބޯޑު ލިބެން ހުރިއިރު, އެ ބޯޑުތަކަކީ ތައިލެންޑްގެ މަޝްހޫރު އުފެއްދުމެކެވެ. އެ ކުންފުނިން ބުނީ ޝެރާ ބޯޑަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.