އެމްއެމްޕީއާރުސީ އޮޑިޓު ރިޕޯޓް

ގެއްލުނު ފައިސާތައް ހޯދަން ނުފޮރަޅާނެ ގަލެއް ނުބާއްވާނެ: ތަރުޖަމާން

Feb 5, 2016
7
  • ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލިރެންސް
  • ކިތަންމެ ނުފޫޒުގަދަ މީހަކަސް ފިޔަވަޅު އަޅާނެ
  • ކޮރަޕްޝަންގެ އަދަދު 1.22 ބިލިއަން ރުފިޔާ

ދައުލަތުން ގެއްލުނު ފައިސާތައް ހޯދުމަށް ނުފޮރަޅާނެ ގަލެއް މި ސަރުކާރުން ނުބާއްވާނެ ކަމަށް ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް މިއަދު އާންމު ކޮށްފައިވާ މި ދަނޑިވަޅުގައި މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަނަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ. އަދި އެ ފައިސާތައް ހޯދުމަށް ފުރޮަޅަން ޖެހޭ ކޮންމެ ގަލެއް ވެސް ފުރޮޅާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ނުފޫޒު ގަދަ މީހެއް ވިޔަސް ހިޔާނާތެއް ވެއްޖެ ނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ އެވެ.

"ކޮރަޕްޝަން ވިއްޔާ ކޮންމެ މީހަކަށް ވިޔަސް ފިޔަވަޅު އަޅާނެ. އެކަމަށް ފަހެއް ނުޖަހާނެ،" މުއާޒު ވިދާޅުވި އެވެ.

އޮޑިޓް އިން ހާމަވެފައިވާ ގޮތުގައި ރައްޔިތުންގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގާފައި ވަނީ އެމްއެމްޕީއާރުސީގެ ތެރެއިން 1.22 ބިލިއަން ރުފިޔާގެ ކޮރަޕްޝަނެވެ، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަދީބުގެ އެންމެ ގާތް، ގ. ސެސްނާ މުހައްމަދު އައްލާމް ލަތީފު، މޮހޯ ގެ ކުންފުނި، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށެވެ. ޑޮލަރުެގ ވިއްކުމުގެ ނަމުގަ އާއި އެހެން ވެސް ރަށްތައް ވިއްކައިގެން ލިބުނު ފައިސާ ދެން އެންމެ ގިނައިން ޖަމާ ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލްގެ ޕްލެޓިނަމް ކެޕިޓަލް މެނޭޖްމަންޓް ކުންފުންޏަށެވެ.

އެ ރިޕޯޓް ނެރުމުގެ ކުރިން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވަނީ ރިޕޯޓަށް މަރުހަބާ ކިޔައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަންކަން އިސްލާހު ކުރަން ފިޔަވަޅު އަޅަން ވެސް އެކަމަނާ ވައުދުވެ ވަޑައިގަތެވެ.