މޯލްޑިވްސް ނޭޝަނަލް ޕާޓީ

ނާޒިމުގެ ކެމްޕޭން މެނޭޖަރާއި ސްޕޯކްސްޕާސަން ކަނޑައަޅައިފި

މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕޭން މެނޭޖަރާއި ސްޕޯކްޕާސަން މިއަދު ކަނޑައަޅުއްވައިފި އެވެ.

ނާޒިމުގެ ކެމްޕޭން މެނޭޖަރަކަށް އައްޔަންކުރައްވާފައިވަނީ އޭނާގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޕޮލިސް މުހައްމަދު ފަޔާޒު (އެފްއޭ) އެވެ. ސްޕޯކްސްޕާސަންގެ މަގާމަށް ހަަމަޖައްސާފައިވަނީ އެމްއެންޕީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމާ ހަވާލުކޮށް އެޕާޓީގެ ކެމްޕޭން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ފަށާފަ އެވެ.

އާޓިފިޝަލް ބީޗުގައި އެރޭ ބޭއްވި ޖަލްސާގައި ވަނީ ނާޒިމުގެ ކެމްޕޭން ސްލޯގަން އާއި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބޭނުންކުރާނެ ލަވަ ވެސް އިފްތިތާހުކޮށްފަ އެވެ.

ނާޒިމުގެ ކެމްޕޭން ޝިއާރަކަށް ހަމަޖައްސާފައިވަނީ "އުޖާލާ ޒަމާން" އެވެ.