މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ އިން ގެއްލުނު ދެމައިން ފެނިއްޖެ

May 31, 2023

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ ދެމައިން ފެނިއްޖެ އެވެ.

ގެއްލިގެން އާއިލާ އިން ރިޕޯޓްކުރުމުން ފުލުހުން ހޯދަމުން ދިޔައީ ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ (32އ) އާއި އޭނާގެ ތުއްތު ދަރިފުޅެވެ.

އައިޝަތު އިހްސާނާގެ ހަބަރެއް ނުވުމުން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ އައިޝަތު އިހްސާނާ އޭނާގެ އާއިލާއަށް މިހާރު ގުޅާފައިވާކަމަށެވެ. އަދި އޭނާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައިޝަތު އިހްސާނާ ގެއްލިގެން ހޯދަން އިއުލާން ކުރި އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ފެނުމުން، ފެނުނު ވަކި ތަނެއް ފުލުހުން ނުބުނެ އެވެ.

އަވަސް އެކި ފަރާތްތަކުން ދީފައިވާ މައުލޫމާތަށް ބަލާއިރު އައިޝަތު އިހްސާނާ އަކީ އާއިލީ އަދި އަހްލާގީ ގިނަ މައްސަލަތަކެއް ހުރި މީހެކެވެ.