މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ މިދިޔަ އަހަރުގެ ފައިދާއިން ސަރުކާރަށް 67 މިލިއަން ރުފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދިނުމަށް ފާސްކޮށްފި އެވެ.

އެމްޕީއެލްގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފައިވާ 67.5 މިލިއަން ރުފިޔާ އަކީ 2021 ވަނަ އަހަރު އެ ކުންފުނިން ސަރުކާރަށް ޑިވިޑެންޑްގެ ގޮތުގައި ދީފައިވާ އަދަދަށް ވުރެ 78 ޕަސަންޓް އިތުރު އަދަދެކެވެ.

އެމްޕީއެލް އަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 108 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ފައިދާ 2021 ވަނަ އަހަރަށް ވުރެ 43 ޕަސަންޓް އިތުރެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެމްޕީއެލް އަށް 809 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2021 ވަނަ އަހަރާ ބަލާއިރު 15 ޕަސެންޓްގެ އިތުރުވުމެވެ.

އެމްޕީއެލް އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އާމްދަނީ ކޮވިޑުގެ ކުރީގެ ހާލަތަށް ވުރެ އިތުރުވާނެ ކަމަށެވެ.