މަސްތުވާތަކެތި

ޕާކިސްތާނު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ ޑްރަގު

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގެ ހައްޔަރުކުރި ޕާކިސްތާންގެ ހަތަރު މީހުންގެ ހަށިގަނޑުން 2.9 ކިލޯގެ މަސްތުވާތަކެތި ހޯދައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ހުރި 227 ބްލެޓް ވަނީ ނަގާފަ އެވެ.

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ މި މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މައްސަލައިގައި ހައްޔަރުކުރި މިސްބާހް ބީބީ (32އ) ބޮޑުކަމުދިޔައިރު ފެނުނު މަސްތުވާތަކެތި ހުރި 10 ބްލެޓްގެ ބަރުދަނުގައި 157 ގްރާމް ހުއްޓެވެ.

ޝާހްޒާދް ހުސައިން (36އ) ބޮޑުކަމުދިޔައިރު ފެނުނު 80 ބްލެޓްގެ ބަރުދަނުގައި 1.068 ގްރާމް ހުރިއިރު ނައީމް ތޯރިގް (32އ) ބޮޑުކަމުދިޔަ 75 ބްލެޓްގެ ބަރުދަނުގައި 909 ގްރާމް ހުއްޓެވެ.

މައްސަލައިގައި ދެން ހިމެނޭ ހަވާރް ހުސައިން (36އ) ބޮޑުކަމުދިޔައިރު ވެއްޓުނު 62 ބްލެޓްގެ ބަރުދަނުގައި 756.3 ގްރާމް ހުއްޓެވެ.

ޕާކިސްތާން މީހުން ކުށަށް އިއުތިރާފުވެފައިވާއިރު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.