ހަބަރު

ފޭރުމުގެ މައްސަލަތަކެއްގައި މީހަކު ހޯދަން ފަށައިފި

ބިރުދައްކައިގެން ފޭރުމުގެ މައްސަލަތަކަކާ ގުޅިގެން ހޯދަން ބޭނުންވެ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ. ފުލުހުން ހޯދަނީ ސ. ހިތަދޫ، ނަދާ، މުމްތާޒް ނަޒީރު 31، އެވެ.

މި މީހާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.