ހުޅުމާލެ

ހުޅުމާލޭގެ ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު ކަނޑުގެ ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ބިދޭސީއެއް ކަމަށް ބެލެވޭ މި މީހާގެ ހަށިގަނޑު އިއްޔެ އިރުއޮއްސެނިކޮށް ފެނުނު ނަމަވެސް އެއީ ކާކުކަން އަދި ދެނެގަނެވިފައި ނެތް ކަމަށެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނުއިރު އެ މީހާ ލައިގެން އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ. އަދި ކަޅުކުލައިގެ ބޫޓަކަށް އަރާފައިވާ ކަމަށްވެސް ބުންޏެވެ.

މިމީހާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީ ގައެވެ.

ފުލުހުން މިހާތަނަށް ބެލިބެލުމުން މިއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅަން ފުލުހުން ވަނީ އެދިފަ އެެވެ.