ހަބަރު

ކުލަ ގަދަ ރަސްމިއްޔާތަކާއެކު "ރަސްފަންނު" ބީޗް ހުޅުވައިފި

ގިނަ ހަރަކާތްތަކާއެކު ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި މާފަންނުގައި އަލަށް ހެދި "ރަސްފަންނު" އާޓިފިޝަލް ބީޗް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ހުޅުވައިދެއްވައިފި އެވެ.

މިރޭ ބީޗުގައި ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ރައީސް ވަނީ ބީޗުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ފޮޓޯ އަލްބަމް އިފްތިތާހް ކޮށްދެއްވާފައެވެ.

ރަށެއްގެ މަލަމަތި ދައްކުވައިދޭ މި ބީޗު ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވި އެވެ. މުއިއްޒުގެ ވާހަކައިގެ ބީޗް ހެދުމުގެ ކުރިން އެ ސަރަހައްދު އޮތް ގޮތާއި މިހާރު އޮތް ގޮތުގެ ތަފާތުތައް ވިދާޅުވެ ދެއްވި އެވެ.

"މި ސަރަހައްދުގެ މޫދުގެ ތިލަ ތަންތަނުގެ ފަތާލަން ބޭނުން ފަރާތްތަކަށް އަދި ފުން ހިސާބުތަކުގައި ފަތާލަން ބޭނުން ފަރާތްތަކަށް ފުން ހިސާބުތަކެއް ހަދާފައި ހުންނާނެ. ފުން ހިސާބުތައް ފާހަގަ ކުރަން އެކި ނިޝާންތައް ބެހެއްޓިފައި ހުންނާނެ" ރަސްފަންނު ބީޗްފެ ފުރިހަމަ ކަމަށް އަލި އަޅުވާލައި މުއިއްޒު ވިދާޅުވި އެވެ.

އާ ބީޗްގައި ހޮޅު އަށިތަކާއި ޖޯލިފަތި ތަކާއި، ދިގު އަށިތަކާއި އުނދޯއްޔާއި ގެ އެއްވެސް ހުރެ އެވެ. އަދި ބީޗުގައި ފަން ކުޑަ އަދި ކެންވަސް ކުޑަތައް ވެސް ހުރެ އެވެ. މޫދަށް އެރި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލައިފް ގާޑުން ތިބެ އެވެ. އަދި މަސް ފިހާ ސަރަހައްދު ގާއިމް ކޮށްފައިވެ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބީޗަކީ ޒަމާނީ ފެންވަރަށް ވަސީލަތްތަކާއެކު އެންމެ ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ތަނެއް ކަމަށާއި އެގޮތުން އެސަރަހައްދުން ސާފު ފެން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ. އަދި އެސަރަހައްދުން މަސް ބޭނުމަށް ހާއްސަ ތަނެއް ހަދާ މަސް ކެނޑޭނެ އިންތިޒާމްވެސް އެސަރަހައްދުގައި ގާއިމްކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މުއިިއްޒު ވިދާޅުވީ މޫދަށް އެރުމައްފަހު ސާފު ފެނުން ފެންވެރޭނެ ނިޒާމުވެސް އެސަރަހައްދުގައި ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ.

"ކޮންމެ މާގަނޑަކުން ތިން މީހުންނަށް ފެން ވެރޭނެ. މޫދު ކައިރިވިޔަސް އެފެނަކު ލޮނުގެ އަސަރެއް ނުހުންނާނެ. މީގެ ހަތަރުތަން މި ބީޗުގައި ގާއިމްކޮށްފައި ހުންނާނެ." މުއިއްޒު ވިދާޅުވި އެވެ.

މި ބީޗުގެ އެއްމެ ތަފާތު އަދި ހާއްސަ ކަމަކީ ބީޗުގައި ހަދާ އޯވަރ ހެޑް ބުރިޖު ކަމަށާއި މި ބުރިޖުން ބްރިޖްގެ ފުރަތަމަ ލެވެލް އަށް ދެވޭނެ ކަން ފާހަގަ ކުރެއްވި އެވެ. މި ބްރިޖަށް އެރުމަށް ލިފްޓްވެސް ހަރުކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް މި ބީޗަށް ފަސޭހައިން ވަދެވޭނެ ކަމަށާއި އެފަރާތްތައް ކަސްރަތު ކުރުމަށް ހާއްސަ ޖިމެއް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

" މިއީ ތިމާވެއްޓާ ރައްޓެހި އައުޓް ޑޯ ޖިމެއް. މި ޖިމުން އިސް ރައްވެހިން ކަސްރަތު ކުރެއްވުމުގެ އިތުރުން ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ބޭނުންވާ ރީޖެނެރޭޓިންގ ކަސްރަތާއި، ރިކަވަރީއަށް ބޭނުންވާ ކަސްރަތުގެ އިތުރުން ކުޅިވަރުތަކުގައި ލިބޭ އަނިޔާތަކަށް ބޭނުންވާ ރީހެބްލިޓޭޝަން ޕްރޮގްރާމްތައްވެސް ހިންގޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޖިމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ރަސް ފަންނު ބީޗު ހިންގުމާއި ހަވާލުވެފައިވަނީ އައިޖީއެމްއެޗުން ނެވެ. އަދި 24 ގަޑިއިރު މި ބީޗުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާނެ އެވެ. އަދި ބީޗުގައި އަލަށް ހެދި މަގުގައި ދުއްވާ އެއްޗެއްސަށް ބައެއް ގަޑިތަކުގައި ނުވަދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ފަތިހު ފަސްގަޑި ބއިން ހަގަޑި ބަޔަށް އަދި ހަވީރު ހަޔަކުން ރޭގަނޑު 10 އަކަށް ދުއްވުން މަނާ ވާނެ. އަދި ހުކުރު ހޮނިހިރުގައި ފަތިހު ފަސްގަޑި ބައިން ނުވަގަޑި ބަޔަށް އަދި ހަވީރު ހަޔަކުން ރޭގަނޑު 10 އަކަށް ދުއްވުން މަނާ ވާނެ"

މިމަގުގައި 15 ކިލޯމީޓަރަށް ދުއްވާއިރު އެކްސެލެރޭޓަރ ފަދަ ބަރު ލޮރީތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. މި ބީޗުގައި، މޫދަށް ފީނާ ކަނޑު އަޑީގެ މަންޒަރު ބަލަން ބޭނުންވާ މީހުންނަށް ޑައިވް ޒޯނެއްވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި މޫދު ފެންގަނޑު ކަށަވަރުކޮށް ދިނުމަށް އަހަރެއް ވަންދެން މޫދުގެ ލޮނު ގަނޑު ޓެނސްޓުކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މި ބީޗަކީ 40 މިލިއަން ރުފިޔާ ހަަރަދުކޮށްގެން ގާއިމްކުރި ތަނެކެވެ. މިބީޗުގެ ޕެވީލިއަންގެ މަސައްކަތް އަހަރުގެ މެދު ތެރެއަށް ނިމޭނެ އެވެ.