މުހްތާޒު މުހުސިން

ކުރީގެ ޕީޖީ މުހުތާޒް ހައްޔަރުކޮށްފި

Feb 8, 2016
1

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް، މުހުތާޒު މުހުސިން ފުލުހުން ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ. އޭނާގެ ވަރަށް ގާތް ބޭފުޅަކު އަވަސް އަށް އެކަން ކަށަވަރު ކޮށްދެއްވި އެވެ. އެހެން ނަމަވެސް ފުލުހުންގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ. މުހުތާޒްއާ ގާތްގުޅުމެއް އޮންނަ ފަރާތުން ބުނީ މުހުތާޒް ހައްޔަރު ކުރީ މީގެ ކުޑައިރުކޮޅެއް ކުރިން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ކަށަވަރުވެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ހައްޔަރު ކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ރޭ ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލައިގެ ތަހުގީގަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ މިއަދު އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރޭ ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުންޏެވެ. ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. 

މުހުތާޒު ޕީޖީ ކަމުން ދުރުކުރީ، ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު، ރައްޔިތިން މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.