ވައްކަން

ވަގަށް ނެގި ކޭޝް ކާޑެއް ބޭނުންކޮށް ފައިސާނެގި މީހަކު ހޯދަނީ

ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުން ކޮށްގެން އޭޓީއެމްއަކުން ފައިސާނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން މިއަދު ވަނީ އެމީހާގެ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި، ވީޑިއޯއިން ފެންނަ މީހާއަކީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން އޭޓީއެމްއަކުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަން ބޭނުންވެ އަދި މިހާތަނަށް ކާކުކަން ދެނެގަނެވިފައިނުވާ މީހެކެވެ.

އެމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތެއް ވީހާވެސް އަވަހަކަަށް ފުލުހުންގެ އިދާރާއަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.