ޓެކްނޯލޮޖީ

ފޯންގެ ޗާޖް ގިނައިރު ބަހައްޓަން ބޭނުންތަ؟

ޓެކްނޮލޮޖީއާ އެކު މުއްސަދިވެފައި މިއޮތް ހަޔާތަށް ސޯޝަލް މީޑިއާ އިން ނޫން ގޮތަކަށް އުފާވެރިކަމެއް ނެތެވެ. ފޭސްބުކް އަކީ މިހާރު އެތައް ބައެއްގެ ދިރިއުޅުމުގެ އެއްބަޔެވެ. އައިފޯން ވާނީ އޭނާގެ ހިތާ އެންމެ ގާތް ބައިވެރިޔާއަށެވެ. ފޯން ނިވުމަކީ ހިތް ހުއްޓުން ކަހަލަ ކަމެކެވެ. ހާއްސަކޮށް އައިފޯން ގެންގުޅޭ މީހުންނަށް މި ތުރާ ވަކިން ބޮޑެވެ. މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

އައިފޯނެއް ނުގެންގުޅޭ މީހެއް ނެތޭ ބުނެވޭހާ ގިނައިން އައިފޯން ގެންގުޅޭ މީހުން ގިނައިރު ތަފާތު ސޯޝަލް މީޑިއާތަކަށް ވަންނަން ބޭނުންކުރެވޭ އެޕްލިކޭޝަންތައް ހަމަގައިމު ވެސް ފޯނަށް ހުންނާނީ އަޅާ ފުރާލައިފަ އެވެ. ހާއްސަކޮށް ފޭސްބުކް އެޕްލިކޭޝަން ކޮންމެ މީހަކަށް ފޯނުގައި ވެސް އޮންނާނެ އެވެ. އައިއޯއެސް އެޕް ސްޓޯރުން އެންމެ ގިނަ މީހުން ފޯނަށް އަޅާ، ފޭސްބުކް އެޕަކީ އައިފޯނުގެ ޗާޖް ވަރަށް ގަދަޔަށް ކާލާ އެއްޗެއްކަން މި ވަނީ ހާމަވެފަ އެވެ.

އައިފޯންގެ ބެޓެރި ޗާޖް އަވަހަށް ދާ ދިއުމަށް ހައްލު ގެންނަށް މަސައްކަތް ކުރި ނަމަވެސް މި އެޕްލިކޭޝަނުން ޗާޖް ބޭނުންކުރާ މިންވަރު މަދުކުރެވޭ ގޮތެއް އަދި ޕްރޮގްރާމަރުންނަކަށް ނުހެދެ އެވެ. މިކަމަށް އަދި އޮތް ހަމައެކަނި ހައްލަކީ، އެޕްލިކޭޝަން ފޯނުން އެކީ ދުއްވާލުމެވެ. ނޫނީ އެޕްލިކޭޝަން ބޭނުން ކުރުމާ އެކީ ދުރުވުމެވެ. ގިނަ އިރު ފޯންގެ ޗާޖް ބަހައްޓަން ބޭނުން ނަމަ، ފޯންގެ ބްރޯޒާއިން ފޭސްބުކަށް ވަނުން ނޫން ގޮތެއް އަދި ނެތެވެ. އަޅެއް މި ގޮތް ތަޖުރިބާކޮށްލާށެވެ. ތަފާތު ފެންނާނެ އެވެ!