ހަބަރު

އާޓިސްޓުންގެ އެންމެ ބޮޑު މައުރަޒު އަންނަ މަހު ބާއްވަނީ

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އަންވެއިލިން ވިޝަންސް" އަންނަ މަހު ބޭއްވުމަށް ނިންމައިފި އެެވެ.

މި މައުރަޒަކީ ތަފާތު ވައްތަރުގެ އާޓްތައް ދައްކާލުމަށް އާޓިސްޓުންނަން ލިބޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.

މިއަހަރުގެ އަންވެއިލިން ވިޝަންސް އިވެންޓް އޮންނާނީ އަންނަ މަހުގެ 10 އިން 20 އަށް ނެޝަނަލް އާޓްގެލަރީގައެވެ.

މަސައްކަތްތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އުމުރުން 15 އަހަރުން މަތީގެ ކޮންމެ އާޓިސްޓަކަށްވެސް އެމީހެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު އޮތީ ފަހިކޮށްދީފަ އެވެ. މި މައުރަޒުގައި އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުންތަކަށް ވަނަ ދޭނެ އެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި މައުރަޒުގައިވެސް އެކި އުމުރުފުރައިގެ 67 އަށް ވުރެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ.