ޕާކިސްތާން

ޕަރްވޭޒް މުޝައްރަފު ހައްޔަރުކުރަން ކޯޓު އަމުރު ނެރެފި

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު ހައްޔަރުކުރަން އެގައުމުގެ ކޯޓަކުން އަމުރު ނެރެފި އެވެ. އެއަމުރުގައި ވާ ގޮތުން ރައީސް ޕްރްވޭޒް ދޫކުރެވޭނީ ހަމައެކަނި ކަފާލާތުގެ ދަށުންނެވެ. އަދި އަންނަ މާޗު މަހުގެ 16ގެ ކުރިން ޕަރްވޭޒް ހައްޔަރުކުރަން އަމުރުކޮށްފައިވެ އެވެ.

ޕްރްވޭޒް ހައްޔަރުކުރަން އަމުރު ނެރުނީ 2007 ވަނަ އަހަރު މަރާލި މުސްލިމް އިމާމް އަބްދުލް ރާޝިދު ގާޒީގެ މައްސަލައިގެ ޝަރީއަތަށެވެ. މިމައްސަލަ މުޝައްރަފާއި ދެކޮޅަށް ކޯޓަށް ވައްދާފައިވަނީ 2013 ވަނަ އަހަރެވެ.

މިއީ ޕަރްވޭޒް ހައްޔަރުކުރުމަށް ކޯޓު އަމަރު ނެރުނު ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވި 55 ޝަރީއަތުގެ އަޑުއެހުމަށް ޕަރްވޭޒް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

ޕަރްވޭޒް މުޝައްރަފް ވެރިކަމަށް ވަޑައިގަތީ 1999 ވަނަ އަހަރު ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމަށްފަހު އެވެ. އޭނާ ވެރިކަމުން ފައިބާވަޑައިގެންފައިވަނީ 2008 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ހުންނެވީ އަމިއްލަފުޅަށް ދުބާއީ އަށް އަރުވާލެއްވިގެންނެވެ.

ޕާކިސްތާނު ކޯޓަކުންވަނީ ޕަރްވޭޒްގެ މައްޗަށް ބޭރުގެ ގައުމުތަކަށް ދަތުރު ކުރެއްވުންވެސް މަނާކޮށްފަ އެވެ.