ތިމާވެށި

"އެއޯސިސްގެ ޗެއާ ކަމުން ރާއްޖެ ވަކިކުރަން އެމްޑީޕީ މަސައްކަތްކުރި"

ކޮޕް 21 ސަމިޓުގައި އެލައިންސް އޮފް ސްމޯލް އައިލެޑްސް (އެއޯސިސް)ގެ ޗެއާ ކަމުން ރާއްޖެ ވަކި ކުރަން އެމްޑީޕީ އިން އެސަމިޓުގެ އިސްވެރިންނަށް ސިޓީއެއް ފޮނުވިކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން އެއޯސިސްގެ ޗެއާކަން ރާއްޖެ ހޯދާފައިވާ ކަމަށާއި މިދިޔަ އަހަރު ޑިސެމްބަރު މަހު ފްރާންސްގައި އޮތް ކޮޕް21 ރައީސްގެ އިރުޗާދާއިއެކު ވަރަށް ބޮޑެތި އިސްނެންގެވުންތަކެއް ނަގައިގެން އެސަމިޓު ކާމިޔާބު ބައްދަުވުމަކަށް ހަދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި އެ ރީތި ނަމާއި ކާމިޔާބުތައް ރާއްޖެއަށް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އައިއިރު އެމްޑީޕީ އިން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރި ކަމަށާއި އެގޮތުން ދެފަހަރެއްގެ މަތިން އޭއޯއެސްއައިގެ އިސްވެރިންނަށް ސިޓީ ފޮނުވި ކަމަށެވެ.

"ރާއްޖެއަކަށް މިކަމެއް [އެއޯސިސްގެ ޗެއާކަން] ނުކުރެވޭނެ އޭ ޗެއާކަން ރާއްޖެގެ އަތުން އަތުލުމަށް ބުނެ އެމްޑީޕީ އިން ދެފަހަރައްގެ މަތިން އިސްވެރިންނަށް ސިޓީއެއް ފޮނުވި. އަޅުގަނޑު ދަންނަވާލަން އޮތީ އިދިކޮޅު ފަރާތްތަކަށް އެހެން އަދި ސިޓީ އެއް ފޮނުވާލިޔަސް ބޭރުގައުމުތަކުން ގަބޫލެއް ނުކުރާނެ. އެއަށް ވުރެއް މާ ވަރުގަދަ އަޅުގަނޑުމެންގެ ޓީމު. އެހެންވީމަ ބޭކާރު ސިޓީ ތަންތަނަށް ނުލިޔުއްވާ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ގޮތުގައި އިދިކޮޅު ފަރާތުން މިފަދަ ސިޓީތައް ފޮނުވާފައިވީ ނަމަވެސް އިން އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދޭ ކަމަށާއި ރާއްޖެ އިން ދިޔައީ ޗެއާގެ މަގާމުއްގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމައަށް އަދާ ކުރަމުން ކަމަށެވެ.