ވައްކަން

ނިދާފައި އޮތް މީހެއްގެ ފޯނު ވަގަށް ނަގައިން ޖަލަށް!

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ނިދަން އޮތް މީހެއްގެ ފޯނު ވަގަށް ނަގައިގެން މީހަކު ޖަލަށް ލައިފި އެވެ.

ފޯނެއް ވަގަށް ނަގައިގެން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ވައްލަގެ، ޢަބްދުﷲ ޢަބްދުއްރަޙްމާން 27، ގެ މައްޗަށެވެ. އަބުދުﷲ ގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.

މީގެ ކުރިން ޢަބްދުﷲ ޢަބްދުރަޙްމާންގެ މައްޗަށްވައްކަމުގެ ކުށް ސާބިތުވެ ރެކޯޑް ކުރެވިފައެއް ނުވެ އެވެ.