މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.

ގެއްލިގެން އިއްޔެ އިން ފެށިގެން ހޯދަމުން ދިޔައީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން (21 އ) އެވެ.

ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ އާއިލާއަށް ހަބަރެއް ނުވާތާ ދެ ހަފްތާ ފަހުން އާއިލާ އިން ފުލުހުންގެ އެހީއަށް އެދުމުންނެވެ.

ފުލުހުން މިއަދު ބުނީ އަލީ ރިޝާން އާއިލާއަށް ގުޅައި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން މީހުން ގެއްލިގެން ހޯދަންޖެހޭ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.