ވިޔަފާރި

އިންޓަރެސްޓް ރޭޓް ކުޑަކުރަން ބީއެމްއެލް އިން ނިންމައިފި

Feb 18, 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދޫކުރާ އެކި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަ ކުރަން ބޭންގެ ބޯޑުން ނިންމައިފި އެވެ.

މި ބަދަލު ގެނައި އިރު ބޭންކުގެ މާލީ ހާލަތު މިހާރު ރަނގަޅުވެފައިވުމާއި އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަކީ ބޭންކުގެ ޒިންމާއެއް ކަމުން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މިހާރަށްވުރެ ކުޑަކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ ދާބުނީ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވަނީ ވިދާޅުވެފަ އެވެ.

ބޭންކުން ބުނީ ރޭ އެ ބޭންކްގެ ބޯޑް މީޓިން އެއް ބާވައި އިންޓަރެސްޓް ރޭޓް ކުޑަކުރަން ބޯޑް ޑިރެކްޓަރުން ނިންމާފައިވާ ކަމަށާއި އިންޓަރެސްޓް ރޭޓަށް ގެނައި ބަދަލުތަކުގެ ތަފުސީލް ހަފުތާއެއްގެ ތެރޭގައި އާންމު ކުރާނެ ކަމަށެވެ.

އާ ބަދަލާ ގުޅޭ ގޮތުން ހީލީ މިއަދު ވިދާޅުވީ ބޭންކްގެ މާލީ ހާލަތު މިހާރު އެކަމަށް ތަންދޭ ކަމަށާއި އެފަދަ ބަދަލަކާ ދިމާއަށް ދެވުން އެއީ އުފާކުރާކަމެއް ކަމަށެވެ.

"އިންޓަރެސްޓް ރޭޓަށް ގެނައި ބަދަލާ ގުޅިގެން ގެދޮރު ގަތުމާއި އިމާރާތް ކުރުންފަދަ މުހިންމު ކަންކަން ކުރަން ބޭނުންވާ އެތައްހާސް ބަޔަކަށް ފައިދާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.