މަސްތުވާތަކެތި

ރާއްޖެ އައި ބަންގަލަދޭޝް މީހެއްގެ އަތުން ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިފި

ވައިގެ މަގުން ކިލޯއެއްހައި މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިދިޔަ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ދާކާއިން އިން އައި 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖު ސްކޭން ކުރިއިރު ޝައްކު ކުރެވޭ ފަދަ އެއްޗެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރި ކަމަށާއި އަދި އޭގެ ތެރެއިން ޕޮލިތީން ޕެކެޓަކަށްލައި ބަނދުކޮށްފައި ހުރި 817 ގްރާމްގެ ކެނިބަސް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެމީހާ އަތުން ފެނުން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ތަހުގީގަށް އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަ މިފަދަ ގޮތަކަށް މިމަހު ހަ ވަނަ ދުވަހުގައި ވެސް ވަނީ ރާއްޖެއަށް އައި ފަތުރުވެރިއެއް އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 36 ބުލެޓް އަލުލައިގަނެފައިވާ ކަމަށާއި އަދި ޓެސްޓުކުރި އިރު ހެރޮއިން އަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.