މަސްތުވާތަކެތި

މާލޭގެ ބައެއް މަގުތަކަށް ބަނގުރާ ފުޅިތަކެއް އަޅައިފި

Feb 20, 2016
2

މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކަށް މިރޭ ބަނގުރާ ފުޅިތަކެއް އަޅައިފި އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ގިނަ އަދަދެއްގެ ބަނގުރާފުޅިތައް މާލޭގެ އެކި ސަރަހައްދުތަކަށް މިރޭ އަޅާފައި ވަނީ ކަޅު ކުލައިގެން ކާރަކުން ކަމަށާއި ބައެއް ސަރަަހައްދުތަކަށް އެޅި ފުޅިތައް ތަަޅައިގެން ގޮސް ރާތައް ބަންޑުންވެފައިވާއިރު އޭގެ ސަބަބުން ބައެއް މަގުތަކުގެ ދުއްވާ އެއްޗެއްސަށާއި މީހުންނަށް ދަތިތަކާ ވެސް ކުރިމަތިވި ކަމަށެވެ.

"ކަޅުގެ ކުލައިގެ ކާރެއް މަގުތަކަށް ނުކުމެއް އެކިސަރަހައްދުތަކަށް ވަނީ ރާފުޅިތައް އޮއްސާފައި. އޭގެ ތެރެއިން ބައެއްފުޅިތައް ވަނީ ތަޅައިގެން ގޮސްފައި، ތަޅައިގެން ނުދާ ފުޅިތައް ވެސް އެބައުޅޭ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

މަންޒަރު ދުށް އެހެން މީހަކު ބުނީ ކަޅު ކުލައިގެ އެ ކާރު ދުއްވާފައި ވަނީ ވަރަށް ބާރަށް ކަމަށާއި ކާރުގެ ފަހަތުން ފުލުހުންނާއި ބައެއް އާންމުން ވެސް ދުއްވި ކަމަށާއި އެ ދުއްވި އިރު ބިއްލޫރިގަނޑު ކަހައިގެން ރާފުޅިތައް އެޅި އިރު އެއް ދިމާއަކަށް ރާ ކޭހެއް ވެސް ވައްޓާލި ކަމަށެވެ.

"އެމީހުން ކާރު ތެރެއިން އަޅާ ވަރަކަށް އެ ތަންތަން ދިޔައީ ސާފުވެސް ކުރަމުން ހީވަނީ ސާފު ކުރަމުން ދިޔައީ ފުލުހުންގެ ބައެއްހެން، ވަރަށް ގިނަ މަގުތަކަށް އެޅި އަދި ދުއްވި އިރު ވަން ފަޅާފައިވެސް ދިޔަ،" އެމީހާ ބުންޏެވެ.

މި މައްސަލާގައި މިރޭ ފުލުހުން ބުނީ މިރޭ އިރާކޮޅުން ފެށިގެން މާލޭގެ އެކި ދިމާއަށް ބަޔަކު އުކާލި ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މަގުމައްޗަށް ބަނގުރާ އެޅި ކަޅު ކުލައިގެން ކާރާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ނަމަވެސް ބައެއް މީހުން ބުނި ގޮތުގައި ކާރު ފޮލޯ ކުރި ފުލުހުން ވަނީ އެ ކާރު ހޯދާފަ އެވެ.