ހަބަރު

މަގުތަކަށް ރާ ފުޅި އަޅަން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ކާރެއް ފުލުހުން ގެންގޮސްފި

މާލޭގެ ބައެއް މަގުތަކަށް ރޭ ބަޔަކު ރާފުޅިތަކެއް އެޅި ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅުން ފެށިގެން ކާރެއްގައި ދިޔަ ބަޔަކު މާލޭގެ އެކި މަގުތަކަށް ރާ ފުޅިތަކެއް އުކާލި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އެކަމަކު ރާފުޅި އުކާލި މީހުން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ދަންވަރުގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ބަޔަކު ރާފުޅިތަކެއް މަގުމައްޗަށް އެޅި މަންޒަރު ދުށް ބައެއް މީހުން ބުނީ ގިނަ އަދަދެއްގެ ބަނގުރާފުޅިތައް މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައި ވަނީ ކަޅު ކުލައިގެ ކާރަކުން ކަމަށެވެ. އަދި ބައެއް ސަރަަހައްދުތަކަށް އެޅި ފުޅިތައް ތަަޅައިގެން ގޮސް ރާތައް ބަންޑުންވެފައިވާއިރު އޭގެ ސަބަބުން ބައެއް މަގުތަކުގެ ދުއްވާ އެއްޗެއްސަށާއި މީހުންނަށް ދަތިތަކާ ވެސް ކުރިމަތިވި ކަމަށެވެ.