ވިޔަފާރި

ގޭސް ފުޅި ދޫކުރަނީ ޓެސްޓްކޮށްފަ: މޯލްޑިވް ގޭސް

Feb 21, 2016
2

މޯލްޑިވް ގޭސް އިން ގޭސް ފުޅި އާއްމުންނާ ހަމަޔަށް ދޫކުރަނީ ޓެސްޓްކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭހުން ދޫކުރާ ބައެއް ފުޅިތައް ދަބަރު ޖެހުމުގެ ސަބަބުން ހަލާކުވެފައި ހުންނަ ކަމަށް ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ގޭހުގެ ހިދުމަތް ދެނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ގޭސް ފުޅިތައް ދޫކުރަނީ ޓެސްޓްކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވް ގޭހުން ބުނީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ފަދަ ވާހަކަތައް ފަތުރަކީ "ވަކި މަގުސަދެއް" ހާސިލްކުރަން ކަމަށެވެ. އެފަދަ ވާހަކަތައް ކުއްވެރިކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މޯލްޑިވް ގޭހުން ބުނީ، ގޭސް ފުޅިއަކާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެ ކުންފުނީގެ ހޮޓްލައިން "1616" އަށް ގުޅުމަށް އެދޭ ކަމަށެވެ.