ހަބަރު

އެލައިޑުގެ ކައްޓެޅި ބޭނުމުގެ މުބަރާތުގެ އެއްވަނަ "މުށިމަސް" ޓީމަށް

އެލައިޑު އިންޝުއަރެންސްގެ ފަރާތުން އިއްޔެ، ޏ. ފުވައްމުލަކުގައި ބޭއްވި ކައްޓެޅި ބޭނުމުގެ މުބާރާތުގެ އެއްވަނަ "މަށިމަސް" ޓީމުން ހޯދައިފި އެވެ. މި މުބާރާތަކީ އޮޑި ދޯނިފަހަރަށް ހާއްސަކޮށްގެން އެލައިޑުން ތައާރަފްކުރި "ހަލް އިންޝުއަރެންސް"އާ މެދު މަސްވެރިން ހޭލުންތެރިކުރުމަށް ބޭއްވި މުބާރާތެކެވެ.

ކައްޓެޅިއަކީ ފުވައްމުލަކު މީހުންގެ މެދުގައި ވަރަށް މަޝްހޫރު ފަރުމަހެކެވެ. މުބާރާތުގެ އެއްވަނަ ހޯދި "މުށިމަސް" ޓީމުން ވަނީ 27 ކައްޓެޅި ބާނާފަ އެވެ. އިއްޔެ ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ "ބަރާބަރު" ޓީމުންނެވެ. އެއީ 25 ކައްޓެޅި ބާނައިގެންނެވެ. މުބާރާތުގެ ތިންވަނަ 21 ކައްޓެޅި ބާނައިގެން ހޯދީ، "މަނާމް" ޓީމުންނެވެ.

އެލައިޑުން ބޭއްވި މި ފޯރިގަދަ މުބާރާތުގެ އެއްވަނަ ހޯދި ޓީމަށް 20،000ރ. ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް 5،000ރ. އެލައިޑުން ވަނީ ދީފަ އެވެ.

މީގެއިތުރުން "މުށި މަސް" ޓީމަށް ފަސް ހޯސްޕަވަރުގެ މާކިއުރީ އިންޖީނެއް ވެސް އެލައިޑުން ހަދިޔާކޮށްފައިވެ އެވެ. ކައްޓެޅި ބޭނުމުގެ މުބާރާތް ކުރިއަށް ދިޔައިރު އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.