ރިޕޯޓް

ގައުމީ ބޭންކުން މާފުށި މާ ބޮޑަށް ހެއްވާލައިފި!

Feb 26, 2016
4
  • މާފުށީ ގިނަ ބަޔަކު ތިބީ ބޭންކަކަށް ބޭނުންވެފައި
  • އެ ރަށުގައި މަހަކު އެއް މިލިއަން ޑޮލަރު ދައުރުވޭ
  • ބޭންކުގެ މި ގޮފިން ގިނަ ހިދުމަތްތަކެއް ލިބޭ

ރާއްޖެ އެންމެ މުއްސަނދި ރަށް، މާފުއްޓަށް ބޯކޮށް ކިތަންމެ ފައިސާއެއް އޮހުނަސް، މި ރަށުގައި އުޅޭ މީހުން ފައިސާ ނަގަން މީގެ ކުރިން ދަތުރެއް އަޅަންޖެހެނީ މާލެ އަށެވެ. އެހެން ނޫނީ އޭޓީއެމް ހުންނަ އެހެން ރަށަކަށް ދުއްވާނީ އެވެ. ބޭންކުގެ ހިދުމަތެއް މި ރަށަކުން ނުލިބެ އެވެ. ނަމަވެސް މުޅި މި ރަށަށް މިހާރު މިވަނީ އުފާވެރިކަން ވެރިވެފަ އެވެ. ބޭންކުގެ ގޮތްޕެއް މާފުށީގައި ހުޅުވުމުން މުޅިރަށް ވަނީ އުފާވެފައެވެ. ކާޑު ހާލައިފައި ނަގަންވީ އެވެ.

"މިއީ ވަރަށް ބޮޑު ފަސޭހައެއް. މި ކަމަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ،" ބޭންކް އޮފް މޯލްޑިވްސް މާފުށީ ބްރޭންޗް ހުޅުވުމުގެ ރަސްމިއްޔާތު ހިނގި ސަރަހައްދުގައި ހުރި އަންހެނަކު "އަވަސް" އަށް ވާހަކަ ދައްކަމުން ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ ޑޮލަރު ވަންނަ، ރަށް ކަމަށްވާ މާފުއްޓަށް ބޭންކުގެ ގޮތްޕެއްގެ ބޭނުން އޮތީ ވަރަށް ބޮޑުވެފަ އެވެ. އެހެން ކަމުން ގެސްޓް ހައުސްތަކުން ކޮންމެ ދުވަހަކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި މި ބްރާންޗުން މުހިންމު ދައުރެއް އަދާކުރާނެ އެވެ. ކުރިން އެކައުންޓް ހުޅުވުމާއި ފައިސާ ޖަމާކުރުން ކޮންމެ ދުވަހަކު ވެރިރަށް މާލެ އަށްދާން ޖެހޭ ވިޔަފާރިވެރިންނަށް ލިބު ފަސޭހަ ވެގެންދާނީ ރަށުގެ ވިޔަފާރި ވެސް ކުރިއަށް ދުވައިގަންނާނެ ކަމަކަށެވެ.

މާފުށި ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވީ 700 އެއްހާ އެނދު ހުރި މާފުށީގައި ބޭންކުގެ ބްރާންޗެއް ހުޅުވުމުން މުޅި ރަށާއި ވިޔަފާރިއަށް ވެސް ކުރިއެރުން އައީ ކަމަށެވެ.

"މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ވަރަށް ބޮޑު އުފާވެރިކަމެއް މާފުއްޓަށް ލިބިގެން މި ދިޔައީ. ވިޔަފާރިތަކަށް ވެސް ވަރަށް ގިނަ ކުރިއެރުން ތަކެއް ލިބިގެންދާނެ. މިއީ މާފުށީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް،" މުސްތަފާ ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ޖަމިއްޔާ، ގެސްޓް ހައުސް މޯލްޑިވްސް އިން ދެކެނީ މާފުއްޓަކީ ގެސްޓް ހައުސް ހިންގުމުގައި ނަމޫނާއެއް ގެ ގޮތު އެވެ.

ބީއެމްއެލްއިން މާފުށީގައި ބްރާންޗް ހުޅުވުމާ ދިމާކޮށް "ޕޭމަންޓް ގޭޓްވޭ" ގެ ހިދުމަތްވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ކޭޝް ކާޑު ބޭނުންކޮށްގެން މުދާ ގަނެ ވިއްކޭނެ ސިސްޓަމެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ގެސްޓް ހައުސް މޯލްޑިވްސްގެ ސެކްރެޓަރީ ވިދާޅުވީ ބޭންކްގެ ގޮތްޕާއެކު "ޕޭމަންޓް ގޭޓްވޭ" ގެ ހިދުމަތް ތައާރަފު ކުރުމުގެ ސަބަބުން މާފުށީގެ ވިޔަފާރިއަށް ލިބިގެން ދިޔައީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މާފުށީގައި ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައްވެސް ކުރޭ. އެހެންވެ މި ހިދުމަތުގެ ސަބަބުން ޒުވާނުންނަށް ވެސް އިތުރު ދޮރުތަކެއް ހުޅުވިގެން މިދިޔައީ،"

މާފުށީގައި 40 ގެސްޓް ހައުސް ހުރިއިރު މިރަށަށް މަހެއްގެ މައްޗަށް އެއް މިލިއަން ޑޮލަރު ވަންނަ ކަމަށްވެ އެވެ. އަދި މި ރަށުގެ ގެސްޓް ހައުސްތަކަށް އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ބޭންކު މެދުވެރިކޮށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމަށް ވެސް ދަތިތަކާ ދިމާވެ އެވެ. ނަމަވެސް ބީއެމްއެލް މާފުށީ ބްރާންޗުގައި "ސެލްފް ސާވިސް" އޭޓީއެމްގެ ހިދުމަތް ވެސް ފަށާފައިވެ އެވެ.

ކައުންސިލްގެ ރައީސް މުސްތަފާ ވިދާޅުވީ ބޭންކުގެ ގޮތްޕެއް ހެދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ކުރިން ވެސް ވަރަށް މަސައްކަތް ކުރިން. ނަމަވެސް ފަހުން ހަ މަސް ދުވަހުގެ މަސައްކަތުން ބޭންކުގެ ގޮފި ހުޅުވިގެން މިދަނީ ކައުންސިލްގެ އިމާރާތެއްގައި،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުއްޓަކީ މީގެކުރިން ވެސް ލޯނު ނަގައިގެން ވިޔަފާރިކުރި ބަޔަކު އުޅޭ ރަށެއް ކަމަށާއި، އެހެންކަމުން މި ބްރާންޗުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ބޭންކުގެ ފުރިހަމަ ފުރުސަތު ތެރޭގައި ހިދުމަތް ހޯދަން ފުރުސަތު ލިބޭނެ. ރައްޔިތުން ކެއްތެރިކަމާއެކު މިތިބީ އެ ދުވަހަށް ބަލަން،" މުސްތަފާ ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ޖަމިއްޔާ، ގެސްޓް ހައުސް މޯލްޑިވްސްގެ ސެކްރެޓަރީ މާފުއްޓަކީ ގެސްޓް ހައުސް ހިންގުމުގައި ނަމޫނާއެއް ކަމަށެވެ.

"މީގެ ސަބަބުން މާފުށީގެ ވިޔަފާރި އެތަށް ގުނައެއް އިތުރުވެގެން ދާނެ،"

ބީއެމްއެލްއިން މާފުށީގައި ބްރާންޗް ހުޅުވުމާ ދިމާކޮށް "ޕޭމަންޓް ގޭޓްވޭ" ގެ ހިދުމަތްވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ކޭޝް ކާޑު ބޭނުންކޮށްގެން މުދާ ގަނެ ވިއްކޭނެ ސިސްޓަމެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ގެސްޓް ހައުސް މޯލްޑިވްސްގެ ސެކްރެޓަރީ ވިދާޅުވީ ބޭންކްގެ ގޮތްޕާއެކު "ޕޭމަންޓް ގޭޓްވޭ" ގެ ހިދުމަތް ތައާރަފު ކުރުމުގެ ސަބަބުން މާފުށީގެ ވިޔަފާރިއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މާފުށީގައި ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައްވެސް ކުރޭ. އެހެންވެ މި ހިދުމަތުގެ ސަބަބުން ޒުވާނުންނަށްވެސް އިތުރު ދޮރުތަކެއް ހުޅުވިގެން މިދިޔައީ،" އެހެން މީހަކު ބުންޏެވެ.

ބޭންކުގެ ގޮތްޕެއް މާފުށީގައި ހުޅުވުމުން އެ ރަށުގެ ގިނަ ބަަޔަކު ތިބީ އުފަލުންނެވެ. މީގެ ސަބަބަކީ ކުރިން ފައިސާގެ މުއާމަލާތް ހިންގުމުގައި އުފުލަން ޖެހުނު ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދިއުމެވެ.