ބޮލީވުޑް

"ބޭފިކްރޭ"ގެ ޝޫޓިން އަށް ރަންވީރު ޕެރިހަށް

Feb 26, 2016

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު އަދި އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނީގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ، ހަތް އަހަރު ފަހުން ޑައިރެކްޓްކުރާ ފިލްމު "ބޭފިކްރޭ" ގެ ޝޫޓިން އަށް ފިލްމުގެ ބަތަލު ރަންވީރު ސިންގް ޕެރިހަށް ހިނގައްޖެ އެވެ.

ރަންވީރާއެކު ބަތަލާގެ ރޯލުން ވާނީ ކަޕޫރު ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ނުބުނެ އެވެ. އަދި ރަންވީރާއި ވާނީ މިފިލްމުގައި ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުންކަން އަދި މިހާތަނަށް ހާމަކޮށްފަ އެއް ވެސް ނުވެ އެވެ. ނަމަވެސް ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގުމަށް ހަމަޖެހިފައިވަނީ ޕެރިހުގަ އެވެ.

"ބޭފިކްރޭ" އަދިތްޔަ އިއުލާންކޮށްފައިވަނީ އޭނާގެ ބައްޕަ ޔާޝް ޗޯޕްޅާގެ 83 ވަނަ އުފަންދުވަހު އެވެ. މި ފިލްމު އުފައްދަން ނިންމާފައިވާކަން ހާމަކުރަމުން އަދިތްޔަ އޭނާ ފޭސްބުކް ޕޭޖްގައި ވަނީ މި ފިލްމަކީ އޭނާ މިހާތަނަށް އުފައްދާ އެންމެ ރިސްކް ބޮޑު އަދި އެންމެ ޒުވާން ފިލްމު ކަމަށް ބުނެފަ އެވެ.

މިފިލްމުގެ ލީޑް ތަރިންނަކީ ކޮން ބައެއް ކަމާއި އަދި ފިލްމު ރިލީޒްކުރާ ދުވަސް ވެސް އާންމުކޮށްފައިވަނީ ޔާޝް ރާޖްގެ ފަރާތުން އާންމުކުރި ޓްވީޓެއްގަ އެވެ. "ބޭފިކްރޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެންމެފަހުން އަދިތްޔަ ޑައިރެކްޓްކޮށްފައިވަނީ 2007 ވަނަ އަހަރު ނިކުތް ސުޕަސްޓާ ޝާހްރުކް ޚާން އާއި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެން ގޮސްފައިވާ "ރަބްނޭ ބަނާދީ ޖޯޑީ" އެވެ. "ބޭފިކްރޭ" އަކީ ސުޕަސްޓާރެއް ނުހިމަނާ އަދިތްޔަ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.