މަސްތުވާތަކެތި

އަތޮޅުތަކަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރުގަނޑެއް އަތުލައިގެންފި

Feb 25, 2016

މީހަކު އެކި އަތޮޅުތަކަށް ފޮނުވަން އުޅުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ގަނޑެއް އަތުލައިގަނެ މީހަކު އެމީހާ ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މާލެ ދަތުރުކުރާ ބޯޓަކަށް މަސްތުވާތަކެތި އަރުވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރުގަނޑު ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާ ބޯޓު ކައިރިން ހުއްޓުވައި، އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރޭގައި އިން ރައިސް ކުކަރެއްގެ ތެރެއިންނެވެ.