މަސްތުވާތަކެތި

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

Feb 25, 2016
1

މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ ނުވަ ރަބަރު ޕެކެޓް ދިރުވާލައިގެން ރާއްޖެއައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރު ކުރީ ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި އެ މީހާ ހިތަދޫ ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައިބެލިއިރު މި މީހާގެ ހަށިގަނޑު ތެރެއިން ބުލެޓް ސައިޒުގެ ނުވަ ރަބަރު ޕެކެޓް ފެނިފައިވެއެވެ.