ހަބަރު

މަސްތުވާތަކެއްޗާއި ވަޅިއަކާއެކު ހުޅުމާލެއިން އަންހެނަކު ހައްޔަރުކޮށްފި

Jan 27, 2015
1

މަސްތުވާތަކެއްޗާއި ވަޅިއަކާއެކު ހުޅުމާލެއިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރު ކުރީ މިދިއަ ހޮނިހިރު ދުވަހު ހުޅުމާލޭ ފްލެޓެއްގެ ކޮތަރިތެރޭގައި އިންދާ ކަމަށައި އޭނާގެ އަތުން މަސްތުވާތަކެއްޗާއި އެ ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ރަބަރު ޕެކެޓަކާއި ވަޅިއެއްގެ އިތުރުން ސިނގިރޭޓް ފެނުނު ކަމަށެވެ.

 މި އަންހެން މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ.