ދުންޔާ މައުމޫން

ދުންޔާ ޔޫއޭއީއަށް ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފި އެވެ. ދުންޔާ އީޔޫއަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.

ދުންޔާ މިއަދު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު ޔޫއޭއީގެ ރައީސްއާ މި ދަތުރުފުޅުގައި ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޓީފުޅެއް ޔޫއޭއީގެ ރައީސްއަށް އަރުވާނެ އެވެ.

ދުންޔާގެ މި ދަތުރުފުޅުގައި ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ދެ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

މި ދަތުރުގައި ދުންޔާގެ އިތުރުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެ އެވެ.