ވިޔަފާރި

ބިސްކޮލާޓާގެ އާ ވައްތަރުތަކެއް ބާޒާރަށް ނެެރެފި

  • މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސަރަކީ ލޮޓަސް
  • ބިސްކޮލާޓާގެ މަގުބޫލުކަން ބޮޑު
  • ބިސްކޮލާޓާގެ ދެ ވައްތަރެއް ވަނީ ބާޒާރަށް ނެރެފައި

މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާ ލޮޓަސް އިން ބިސްކޮލާޓާގެ އާ ވައްތަރު ތަކެއް ބާޒާރަށް ނެރެފި އެވެ.

އަވަސް އަށް ވާހަކަ ދައްކަމުން ލޮޓަސްގެ މާކެޓިން ޑިރެކްޓަރު އައިމިނަތު ރުލާ އާތިފް އަހުމަދު ވިދާޅުވީ ބިސްކޮލާޓާ "ވެނީ" އާއި "ޓްރިއާ" ބާޒާރަށް ނެރެ ވިއްކަން ފަށާފައިިވާ ކަމަށެވެ.

"ބިސްކޮލާޓާ ވެނީއަކީ ވެފާއެއް. ޓްރިއާއަކީ ވެސް ޗޮކްލެޓް ވެފާއެއް ކަހަލަ އެއްޗެއް. މީގައި ދެ ވައްތަރެއް ހުންނާނެ އެއީ ހެޒުލްނަޓްސް އާއި ކޮކްނަޓް،" ރުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތްތަކުގެ އަގު ވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ.

"މީގެ ހުރިހާ އެއްޗެއް ވެސް ވަރަށް އެކަށީގެންވާ އަގެއްގައި ލިބޭނެ. ބިސްކޮލާޓާއަކީ ރިއަލްޗޮކްލެޓް. އެހެންވެ މީގެ ހުރިހާ ވައްތަރުތަކެއް ވެސް ވަރަށް މީރުވާނެ،" ރުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ސްޕޮންސާ ޝިޕް ނެގުމާއެކު ބިސްކޮލާޓާގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.

"ހަމަ ބުނެވޭނީ މައްޗަށޭ ސޭލްސް ހުރީ. ވަރަށް ބޮޑަށް ވިޔަފާރި ރަނގަޅު،" ރުލާ ވިދާޅުވި އެވެ.

"މޯލްޑިވިއަން އައިޑޮލް ސްޕޮންސާކުރީ ބޭރުގެ ބްރޭޑަކަށްވުމުން"

ލޮޓަސްގެ މާކެޓިން ޑިރެކްޓަރު ރުލާ ވިދާޅުވީ ލޮޓަސްއިން މޯލްޑިވިއަން އައިޑޮލް ސްޕޮންސާ ކުރީ ބޭރުގެ ފްރެންޗައިސް ބްރޭޑަކަށް ވުމުން ކަމަށެވެ.

"މީގެ ސަބަބުން ވަރަށް ގިނަ ޒުވާނުންނަށް ހުނަރު ދައްކާލަން ފުރުސަތު ލިބޭ. އެހެންވެ މި ސްޕޮންސާ ނެގީ،" ރުލާ ވިދާޅުވި އެވެ.

"އެމެރިކަން އައިޑޮލް އާއި އިންޑިއަން އައިޑޮލް ފެންވަރުގައި ކުރިއަށް ގެންދާ މުބާރާތެއް މިއީ. މީގެ ސަބަބުން ގިނަ ފުރުސަތު ތަކެއް ލިބޭ."