އެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ހައްޔަރު ކޮށްފި

ފުލުހުންނާ ކުރިމަތިލުމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހައްޔަރުކޮށްފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ޝިފާޒް ހައްޔަރުކޮށްފައިވަނީ ޖަސްޓިސް ބިލްޑިން ކައިރިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުންނާ ކުރިމަތިލައިގެނެވެ.

ފުލުހުން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ކްރިމިނަލް ކޯޓު ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ އަމުރަށް ނުކިމަންތެރިވެގެން މީގެ ކުރިން ވެސް ޝިފާޒްވަނީ ހައްޔަރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓް ކައިރިން ޝިފާޒް ހައްޔަރު ކުރި އިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މުޒާހަރާ ކުރި އެމްޑީޕީއަށް ނިސްބަތްވާ އަންހެނުންތަކެއްގެ މައްސަލައިގައި ގޮތެއް ނިންމުމުގެ މަޖިލިސް މިއަދަށް ތާވަލްކޮށްފައި އޮތެވެ. ނަމަވެސް އެ މަޖިލިސް ބާއްވާފައެއް ނުވެއެވެ.