އެމްޑީޕީ

ރިޒާވް އަރައިގެން ދިއުމުން ސުވާލު އުފެދޭ: ތަސްމީން

ދިވެހި ދައުލަތުގެ ރިޒާވް ކުއްލިއަކަށް 400 މިލިއަން ޑޮލަރުން މައްޗަށް އަރައިގެން ދިއުމަކީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމެއް ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީނު ވިދާޅުވީ ރިޒާވް ކުއްލިއަކަށް މަތިވުމަކީ ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށްވާ މަނީ ލޯންޑްރިންގެ އަމަލުތައް ސަރުކާރުގެ އިސްވެރިންތަކެއް ހިންގާފައިވާ ކަމަށް ބާރުދޭ ކަންތައްތައް ކަމަށެވެ.

"ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުން ދިޔަ އިރު ރައީސް އަބްދުﷲ ޔާމިނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ ވާހަކަ އަކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން. އެވާހަކަތައް އިމްރާން އާއި ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު ވަނީ ރައީސް ޔާމިނާ ބައްދަލުކުރައްވާ އޮޅުން ފިލުއްވާ ދެއްވާފައި." ތަސްމީނު ވިދާޅުވި އެވެ.