މަރު

ހުޅުމާލެ އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު މަރުވެއްޖެ

Feb 29, 2016
2

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެ، އައިސީޔޫގައި ފަރުވާދެމުން ދިޔަ ކުއްޖަކު މަރުވެއްޖެ އެވެ.

މިރޭ 10:40 އެހާކަން ހާއިރު މަރުވެފައި ވަނީ އެކްސިޑެންޓްގައި ޒަހަމްވި 22 އަހަރުގެ އަހުމަދު އަފްރާން އެވެ. އަފްރާންގެ ބޮލަށް ގެއްލުންތަކެއް ލިބުނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ޔޫއެން ގެސްޓް ހައުސް ކައިރީ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. މިއެކްސިޑެންޓުގައި ދެން އަނިޔާ ލިބުނު 32 އަހަރުގެ ޝަނީޒް އަނީސް، އަށް އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

އަފްރާން މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި، އަފްރާން މަރުވޯ، ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.