ތުޅާދޫ

ހިތާދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައިފި

Mar 1, 2016

ރޭ ދަންވަރު ބ. އަތޮޅު ހިތާދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައިފި އެވެ.

ފުލުހުން ބުނީ ހިތާދޫ ތިޖޫރީ ފަޅާލައިގެން އޭގައި ހުރި ފައިސާ ވަގަށް ގެންގޮސްފައި ވަނީ ރޭ މެންދަމުގެ ވަގުތު، މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ އިދާރާގެ ތެރެއަށްވަދެ، އެތަނުގެ ސެކިއުރިޓީ ގާޑް ބަނުމަށްފަހުގައި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ހިތާދޫ ތިޖޫރީން ގެންގޮސްފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ތިޖޫރީ ފަޅާލައިގެން ގެން ގޮސްފައި ވަނީ 70،000ރ. އެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނައިރު އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.