ހަބަރު

25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އުތީމުގެ ބަނދަރު ހުޅުވައިފި

ދެހާސް ތޭރަ ވަނަ އަހަރު ހަދަން ފެށި ހއ. އުތީމުގެ ބަނދަރުގެ މަސައްކަތް ނިންމާ، ރަސްމީކޮށް އެ ބަނދަރު ހުޅުވައިފި އެވެ.

އުތީމުގައި މިއްދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނެވެ. މިއީ 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ބަނދަރެކެވެ.

އުތީމު ދެކުނު ފަރާތުގައި ހަދާފައިވާ މި ބަނދަރަކީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. މި ބަނދަރުގައި ބޮޑު ހިލަ ބޭނުންކޮށްގެން 254 މީޓަރުގެ ކަނޑު ތޮއްޓެއްލާ، ބޮޑު ހިލަ އިން 140 މީޓަރުގެ ރިވެޓްމަންޓެއް ޖަހައި، 246 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓެއް ވަނީ ލާފަ އެވެ.

މި ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ.