އާސަންދަ

ހުޅުމާލޭ ހޮސްޕިޓަލް ހިންގަން އާސަންދައާ ހަވާލުކޮށްފި

Mar 2, 2016

ހުޅުމާލޭ ހޮސްޕިޓަލް ހިންގަން އާސަންދަ ކުންފުންޏާ ހަވާލު ކުރަން ސަރުކާރުން ނިންމައިފި އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް އާސަންދަ ކުންފުންޏާ ހަވާލު ކުރީ މިދިއަ ހޯމަ ދުވަހު ކަމަށާއި އެ ނިންމުން ނިންމައި މިހާރު އާސަންދަ ކުންފުންޏަށް އެކަމުގެ ލިޔުން ވެސް ފޮނުވާފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދާ އެ ހޮސްޕިޓަލް ހިންގުން އާސަންދައިން ހަވާލުވުމާއެކު އެ ހޮސްޕިޓަލަށް ބޮޑެތި ބަދަލު ގެންނާނެ ކަމަށެވެ. އެ ގޮތުން އެއީ ހުޅުހުޅާއި ކަށީގެ އޮޕަރޭޝަންތަކާއި ކަރުން މަތީގެ ބަލިތަކާއި އޮޕަރޭޝަންތަކާއި ކެންސަރުގެ އޮޕަރޭޝަންތަކަށްފަހު ދޭ ކީމޯ ތެރަޕީ އާއި ރާއްޖެބައްޔަށް ވަރަށް ބޮޑަށް ހާއްސަވާ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

"މީގެ އިތުރުން ސްޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށް މުޅި ހޮސްޕިޓަލްގެ ހުރިހާ ހިދުމަތްތައް ވަރަށް ބޮޑަށް ފެންވަރު މަތިވެގެންދާނެ. މިހާރު އާސަންދައިން ދަނީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ކުރަމުން،" އެ އޮފިޝަލު ވިދާޅުވި އެވެ.

މިހާރު 30،000 އަށްވުރެ ބޮޑު އާބާދީއަކާއެކު މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލޭ ހޮސްޕިޓަލް ކުންފުންޏަކާ ހަވާލު ކޮށްގެން ހިންގަން ބޭނުންވާ ކަމަށް މީގެ ކުރިން 2014 ގައިވެސް ސަރުކާރުން ބުންޏެވެ.