ދީން

މަޝްހޫރު ދާއީ ޝައިހް އާސިމް ރާއްޖޭގައި ތަގުރީރު ކުރައްވަނީ

ދުނިޔޭގެ މަޝްހޫރު ދާއީ ޝައިހް އާސިމް އަލްހަކީމް ރާއްޖޭގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ. އާސިމް ރާއްޖޭގައި ދެ ދުވަހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ތަގުރީރުތަކެކެވެ.

އާސިމް ރާއްޖެ ވަޑައިގެން އުޅުއްވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ "ދަ މެސެޖް" ޕްރޮގްރާމުގެ ދަށުންނެވެ. އެ ޕްރޮގްރާމްގެ 13 ވަނަ ތަގުރީރުގެ ގޮތުގައި މާދަމާ ޝައިހް ތަގުރީރު ކުރައްވާނެ އެވެ. އެ ތަގުރީރު އޮންނާނީ މާދަމާ ރޭ 8:45 ގައި ސަލްޓަން ޕާކް ކުރިމަތީގަ އެވެ. ތަގުރީރުގެ މައުލޫއަކީ "ތަވްހީދު" އެވެ.

އިސްލާމިކް މިނިސްޓްރީން ބާއްވާ ތަގުރީރުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ޝައިހް އާސިމްގެ ތަގުރީރެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. މި ތަގުރީރާ ގުޅޭގޮތުން އެ ޔުނިވާސިޓީގެ މާކެޓިން އިން މައުލޫމާތު ދިން ގޮތުގައި، އާސިމްގެ ތަގުރީރު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެ ޔުނިވާސިޓީގެ ހޯލުގަ އެވެ. ތަގުރީރުގެ މައުލޫއަކީ "ބެލެންސް" އެވެ.

"ހުރިހާ ކޮލެޖެއްގެ ދަރިވަރުންނަށާއި އާންމުންނަށް ވެސް ވަދެވޭނެ، ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް، މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ތަގުރީރެއް،" ޔުނިވާސިޓީން ބުންޏެވެ.