އެމްއެންޑީއެފް

ސިފައިންނާބެހޭ ގޮތުން ދޮގު ހަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނަން: އެމްއެންޑީއެފް

Mar 8, 2016
1

ސިފައިންނާބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންނަކީ އިސްލާމް ދީނާއި ދިވެހި ގައުމާއި، ރައްޔިތުންނާއި ގާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ފަސްޖެހުމެއްނެތި ދެމިތިބި ލަޝްކަރެއް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އަސްކަރިއްޔާއާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ހަބަރުތަކަކީ ރައްޔިތުންގެ މެދުގައި ސިފައިންނާމެދު ނަފުރަތު އުފައްދަން ފަތުރާ ހަބަރުތަކެއް ކަމަށް އެ މުއައްސަސާއިން ދެކޭ ކަމަށެވެ.

"... ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ފަތުރަމުންގެންދާ ހަަގީގަތާއި ހިލާފު ދޮގު ޚަބަރުތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތަކަށް އެއްވެސްކަހަލަ ލޮޅުމެއް އަރުވައި ނުލެވޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ." އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފް ބުނީ އަސްކަރިއްޔާއަށް އަމާޒުކޮށް ހަގީގަތާ ހިލާފު ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.