އަންހެނުން ކުރިއަރުވައި ބާރުވެރިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިމުނު ފެބްރުއަރީ މަހު އެކަނިވެސް 50 އަންހެނުންނަށް ވަޒީފާ ދީފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފި އެވެ.
މިދިޔަ މަހު މިފްކޯއާއި ގުޅުނު ގިނަ އަންހެނުންނަކީ ޅ. ފެލިވަރުގައި ހުންނަ އެކުންފުނީގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީއިން ވަޒީފާ ހޯދި މީހުންނެވެ.
މިފްކޯއިން ބުނީ އެކުންފުނީގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުންނާއި ސަރަހައްދަށް ނިސްބަތްވާ ގިނަ އަދަދެއްގެ އަންހެނުން އެކުންފުނީގެ ވަޒީފާ އަދާކުރާއިރު ވަޒީފާގައި 30 އަށް ވުރެ ގިނަ ދުވަސްވީ އަންހެނުންވެސް ތިބިކަން ފާހަގަކޮށް އެފަރާތްތަކުގެ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.