އެމްއެންޑީއެފް

ގުޅިފައިވާ ލަޝްކަރުގެ ތަމްރީނުތައް ބަލައިލަން ޗީފް އޮފް ޑިފެންސް ސައުދީއަށް

Mar 9, 2016

ސައުދީ އަރަބިއްޔާ އިން އެކުލަވައިލި އިސްލާމީ ލަޝްކަރުން "ތަންޑަ އޮފް ދަ ނޯތު" ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ރޭ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ "ތަންޑާ އޮފް ދަ ނޯތު" އަސްކަރީ ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބައްލަވާލައްވާނެ އެވެ. ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް އޮންނަނީ މާދަމާ އެވެ.

ރާއްޖެ ވެސް ހިމެނޭގޮތަށް 20 ގައުމެއް ބައިވެރިވާ މި އަސްކަރީ ފަރިތަކުރުންތަކުގައި، ޓެރަރިޒަމާ ދެކޮޅަށް ގުޅިފައިވާ ގައުމުތަކުން މަސައްކަތްކުރާނެ ގޮތްތަކާއި ހުނަރުތައް ޢަަމަލީ ގޮތުން ދަނީ ފަރިތަކުރަމުންނެވެ.

"ތަންޑަ އޮފް ދަ ނޯތު" ގެ އަސްކަރީ ތަމްރީނުތަކުގައި އޮބްޒާވަރުންގެ ހައިސިއްޔަތުން ސިފައިންގެ ޓީމެއް ވެސް ސައުދީ އަރަބިއްޔާ ހަރަކާތްތެރިވެ އެވެ.