ކާނާ

މިއަދު ތައްޔާރު ކުރާނީ ލަޒާނިޔާ

Mar 11, 2016

މިއަދު މީ ހުކުރު ދުވަސް ނޫން ހެއްޔެވެ؟ މިއަދު ލަޒާނިޔާ ތައްޔާރުކޮށްލައި އާއިލާ އާއި ރަހުމަތްތެރިންނަށް ދައުވަތު ދެމާ ހިނގާށެވެ. ރެސްޓޯރަންޓަކަށް އޯޑަރު ނުކޮށް ގޭގައި އަމިއްލައަށް ދައްތަމެނާއި ކޮއްކޮމެން ވެގެން ލަޒާނިޔާ ތައްޔާރުކޮށްލެވިދާނެ އެވެ. ރަހަވެސް ގޯހެއް ނުވާނެ އެވެ.

ބާވަތް ތަންކޮޅެއް ގިނަވެދާނެ

4 /1 ޖޯޑު އޮލިވް އޮއިލް
500 ގ. ލަޒާނިއާ
500 ގ. ޗީޒް ( ތުނިކޮށް ކޮށާފައި)
1 ޖޯޑު ޕާރމޭސަން ޗީޒް ( ގާނާފައިހުރި) ( މައްޗަށް އެޅުމަށް)
2 ފިޔާ ( ތުނިކޮށް ކޮށާފައި)
2 ލޮނުމެދު ( ގާނާފައި)
1 ކިލޯ މިންސްޑް ބީފް
2 ޖޯޑު ޓޮމާޓޯ ސޯސް
5 ޖޯޑު ޕީލްޑް ޓޮމާޓޯ
2 / 1 1 ޖޯޑުޓޮމާޓޯ ޕިއުރީ
2 / 1 ޖޯޑުފެން
2 / 1 1 ސައިސަމުސާ ލޮނު
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ބޭސިލް
2 ބޭލީވްސް
2 ޖޯޑު މަޝްރޫމް ( ކޮށާފައި)
2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާކަށް ވެސް އުނދަގުލެއް ނުވާނެ

ބަދިގެއަށް ވަންނަމާ ހިނގާށެވެ. ފުރަތަމަ ތެއްޔެއް އުދުންމައްޗަށް އުދާލާފައި އޭގެ ތެރެއަށް އޮލިވް އޮއިލް އަޅާލާށެވެ. ތެޔޮފޮދު ރަނގަޅަށް ހޫނުވީމާ ލޮނުމެދާއި ފިޔާ އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވީމާ އޭގެ ތެރެއަށް ބީފް އަޅާނީ އެވެ. ބީފްކޮޅޫ ގެ ކުލަ ބަދަލުވަންދެން ކެކި ރޯ ފިލީމާ އޭގެ ތެރެއަށް ޓޮމާޓޯ ސޯސް އާއި ޕިއުރީ އަދި ސޯސްގެ ހުރި ހާބާވަތެއްއެއްކޮށްފައި ފިސާރި މީރު ސޯސްގަނޑަކަށް ވަންދެން ކައްކާލާށެވެ.

ސޯސްގަނޑު ހިހޫވީމާ ފްރިޖަށް ލާފައި ބެހެއްޓުމަށްފަހު އެހެން ކަމަކާ އުޅޭށެވެ. ބޮޑު ތެއްޔަކަށް ފެން އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. އޭގެ ތެރެއަށް 3 / 1 ޖޯޑު އޮލިވް އޮއިލް ވެސް އެއްކޮށްފައި ކެކިގަތީމާ ލަޒާނިއާ ފަހަރަކު ސީޓެއް އަޅަމުން ތަތްނުލަވާ ގޮތަށް އަޅާފައި މަޑުވަންދެން ކެކުނީމާ ނަގާފައި އޮލިވް އޮއިލް އެއްކޮށްފައި ބަހައްޓާނީ އެވެ.

ދެން ސޯސްގަނޑު ފްރިޖުން ނަގާފައި ލާޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދާފައި އެއް ގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.