ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފި

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑި ސިލްވާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓަރުން އިއްޔެ އުފުލި މިދައުވާ އަދި ކޯޓުން ބަލައެއް ނުގަނެ އެވެ.

ލޫލާގެ މައްޗަށް މަނީ ލޯންޑަރިން ގެ ދައުވާ އުފުލީ ގުވަރުޖާ ސިޓީގެ ޕެންޓްހައުސްއެއްގެ މިލްކުވެރިކަން ފޮރުވިކަމުގެ ތުހުމަތުގަ އެވެ. އެ ޕްނެޓަ ހައުސަ އަކީ އޯއޭސް ކިޔާ ކޮންސްޓްރަކްޝަން ކުންފުންްޏަށް ނިސްބަތްވާ ތަނެކެވެ. އެހެން ނަމަވެސް ލޫލާ ވަނީ އެއީ އޭނާގެ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޯއޭއެސް އަކީ ބްރެޒިލް ސަރުކާރަށް ނިސްބަތްވާ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.

މިމައްސަލަ އާއި ގުޅިގެން ލޫލާ ވިދާޅުވީ މައްސަލަ ތަހުގީގްކޮށްފައިވަނީ އެއްވެސް އިންސާފެއް ނެތި ވަކިކޮޅަކަށް ބުރަވެ ތިބެގެން ކަމަށާއި މިމައްސަލައިގައި ލޫލާއަށް ބަސް ބުނުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ބްރެޒިލްގެ ޕްރޮސިކިއުޓަރުން ސިލްވާއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ފުލުހުން ލޫލާގެ ގެ ބަލައި ފާސްކޮށްފައިވަނިކޮށެވެ.