މާފަންނުގައި ގެއެއްގެ ނުވަވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސް ކައިރީގައި ހުންނަ މިގެއިން ވެއްޓި މަރުވީ ދިވެހި އަންހެނެކެވެ.
އަންހެން މީހާ ވެއްޓުނީ އެ ގޭގެ ތިރީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ މައްޗަށް ކަމަށް އެނގިފައިވެ އެވެ.
މި މީހާ ވެއްޓުނު މަންޒަރު ފެނުނު މީހުން ވަނީ ވަގުތުން މި މީހާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ. އަދި މި އަންހެން މީހާގެ ފޮޓޯ އާއި ވީޑިއޯ ދައުރު ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.