ރާއްޖެ ކުޅިވަރު

މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޕީޑީއާރްއެމްގެ ފިކުރެއް ނެތް

ޕީޕަލްސް ކަޕްގެ ފައިނަލްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނައިރު، ޕީޑީއާރްއެމް އޮތީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައުޒީ ބުނެފި އެވެ.

މި މުބާރާތުގައި މާޒިޔާ އާއި ޕީޑީއާރްއެމް ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައުޒީ ބުނީ އެ މެޗުގެ ތަޖުރިބާއާއެކު، ޕީޑީއާރްއެމް އޮތީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަރެމެން ފޮރުވާނެ އެއްޗެއް ނެތް. އަހަރެމެން އަބަދު ވެސް ކުޅޭ ގޮތަށް ކުޅޭނީ. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ތަށި ލިބޭނެ ކަމަށް އުންމީދުކުރަން،" ފައުޒީ ބުންޏެވެ.

މި މުބާރާތުގައި މިހާތަނަށް ޕީޑީއާރްއެމް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ 11ގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅުނު ނަމަވެސް ދަގަނޑޭ އަށް އަދި މުބާރާތުގައި ލަނޑެއް ނުޖެހެ އެވެ.

ފައުޒީ ބުނީ ލަނޑެއް ނުޖެހިޔަސް ދަގަނޑޭގެ ފަރާތުން އެ ޓީމަށް ފައިދާކުރާ ކަމަށާއި ފައިނަލްގައި ދަގަނޑޭގެ ފަރާތުން ލަނޑެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޝްފާގްގެ ނަސީބު ދެރަކަމުން އަދި އޭނާ އަށް ލަނޑެއް ނުޖެހެނީ. އެކަމަކު އަޝްފާގް ވަރަށް މުހިންމު ރޯލެއް އަދާކުރި ހުރިހާ މެޗެއްގައި ވެސް. އަޝްފާގްގެ ސަޕޯޓަރުން ވެސް އުންމީދުކުރާނީ ފައިނަލްގައި ލަނޑެއް ފެންނާނެ ކަމަށް،" ފައުޒީ ބުންޏެވެ.

ވަރަށް ރަނގަޅަށް ޓީމު ތައްޔާރުވެފައި އޮތީ. އަލީ އަޝްފާގް ހާއްސަކޮށް. އަޝްފާގް އަދި މި މުބާރާތުގައި ލަނޑެއް ނުޖަހާ އެކަމަކު. މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް، ސްކޮޑް ރަނގަޅު. ސަޕޯޓަރުން އެންމެ ވެސް ބޭނުންވަނީ ފައިނަލްގައި ދަގަނޑޭ