މަސްތުވާތަކެތި

ފަތުރުވެރިންގެ އަތުން ހިފެހެއްޓި ބަނގުރާ ފުޅިތަކެއް ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެ ހދ. ހަނިމާދޫގައި ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 55 ހާދިސާއެއްގައި ހިމެނޭ 85 ފުޅި ބަނގުރަލެވެ. މިތަކެއްޗަކީ ހދ. ހަނިމަދޫ އެއާޕޯޓަށް ފުރަންދާ އެކި ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކެވެ.