ރައްޔިތުންގެ މަޖިލިސް

މަސީހުގެ އިތުބާރުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

Mar 14, 2016
1

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މަސީހާއި މެންބަރުންނަށް ފޮނުވުމުން މި މަހުގެ ތެރޭ އެ މައްސަލަ އެޖެންޑާ ކުރާނެ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވުމަށްފަހު 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް މައްސަލަ ހުށަހަޅަންޖެހެ އެވެ.

ނޯޓިސް ފޮނުވާފައިވާއިރު މަޖިލީހުގެ އާންމު ކޮމިޓީގައި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވާހަކަދައްކަވަން ލިބޭނެ ވަގުތާއި އަދި އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ ރައީސްއަށް ވާހަކަދައްކަވަން ލިބޭނެ ވަގުތު ކަނޑައަޅަން ވަނީ ތާވަލް ކޮށްފައެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅެއްވީ އިދިކޮޅު އެމްޑީޕީގެ 22 މެންބަރަކު ސޮއި ކުރައްވައިގެނެވެ.