އެމްއެންޑީއެފް

ސިފައިންގެ ބޯހިޔާވަހިކަމަށް ސައުދީން 50 މިލިއަން ޑޮލަރުދޭން ނިންމައިފި

Mar 14, 2016
5

ސިފައިންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވުމުގެ ގޮތުން ފްލެޓް އަޅަން 50 މިލިއަން ޑޮލަރު ހަދިޔާކުރަން ސަޢުދީ ސަރުކާރުން ނިންމައިފި އެވެ. އެމްއެންޑީއެފުން ބުނީ ސައުދީ ޢަރަބިއްޔާގެ އެ ނިންމެވުން ދިވެހި ސަރުކާރަށް އަންގާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

ސައުދީން 50 މިލިޔަން ޑޮލަރު ދޭން ނިންމި އިރު ދިވެހި ފުލުހުންނާއި ސިފައިން ގެދޮރުވެރިކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށާއި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ސިފައިންނާއި ފުލުހުން ބޭނުންވާ ހައުސިން ހުޅުމާލެއިން ހަމަޖައްސައިދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ތެރެއިން ގެދޮރުވެރިކަން ލިބޭ ފަރާތްތަކަށް އަތްފޯރާވަރުގެ އަގެއްގައި އެ ގެދޮރުތައް ލިބޭނެ ގޮތަށް ހަރަދުތައް ކަނޑައެޅިގެންދާ ކަމަށެވެ. ހުޅުމާލޭގައި ގެދޮރުވެރިކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރުގެ ސައުދީ ދަތުރުފުޅު ނިންމަވާލައްވާފައިވާއިރު އެ ދަތުރުފުޅުގައި ޓެރަރިޒަމާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަންފޯސް ގެ ފުރަތަމަ ތަމްރީނު "އެކްސަސައިޒް ނޯތް ތަންޑާ" ނިމުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.