ދުނިޔެ

ތުރުކީގައި ދިން ހަމަލައާ ގުޅިގެން އިރާގުގައި ވެސް ހަމާލާތަކެއް

ތުރުކީގެ ވެރިރަށުގައި ރޭގައި ހިނގި ބޮމުގެ ހާދިސާއާއި ގުޅިގެން، އިރާގުގައި ކުރުދީންގެ ހަނގުރާމަވެރިން ކޭމްޕްތައް ހިމެނޭ ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހަމަލާތައް އަމާޒުކޮށްފައިވަނީ ތުރުކީގައި ގާނޫނީ ގޮތުން މަނާ ކުރި ކުރުދީންގެ ސިޔާސީ ޕާޓީގެ ވެރިންގެ ހަރަކާތްތައް ހިންގަމުން އަންނަ ސަރަހައްދުތަކަށެވެ. އެހެން ކަމުން މި ހަމަލާތައް އަމާޒުވީ އިރާގުގެ އުތުރާއިވީކޮޅުގެ ފަރުބަދައިގެ ސަރަހައްދުތަކަށެވެ.

ރޭގައި ތުރުކީގެ ވެރިރަށުގައި ހިނގި ބޮމުގެ ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން ނުވަތަ ޖަމިއްޔާއަކުންވެސް ނަގާފައެއް ނުވެއެވެ. ކުރުދީންނާއި ދެކޮޅަށް ތުރުކީއިން މީގެ ކުރިންވެސް ހަމަލާތަކެއް ދިން ކަން ފާހަގަ ކުރެވެ އެވެ.