ހަބަރު

ރަކީދޫގައި "މަރާލި" ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ބޮޑެތި ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި މިއަދު ވ.ރަކީދޫން ފެނުނު ދެ އަހަރުުގެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ހަށިގަނޑު މާލެ ގެންނަން ނިންމީ ޑޮކްޓަރުން އެ ކުއްޖާގެ އިތުރު ޓެސްޓްތައް ހަދަން ބޭނުންވާތީ ކަމަށް ރަކީދޫ ކައުންސިލުންނާއި ފުލުހުން ވެސް ބުންޏެވެ.

ކައުންސިލުން ބުނީ ކުއްޖާގެ ހަށިގަނޑު މާލެ ގެންދިއުމަށް ފުރީ ހަވީރު 5:45 އެހާއިރު ކަމަށެވެ.

އުމުރުން ދެ އަހަރުުގެ މުހައްމަދު އިބްތިހާލް މަރުވެފައި އޮއްވައި ފެނުނީ ރަކީދޫ މެރިން ކޯނާގެ ސިޓިންރޫމް ތެރޭގައި އޮއްވަ އެވެ. އޭރު ކުއްޖާގެ ކުރިމަތީ ފަރާތާއި ކަންފަތްމަތީގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. މި ކުއްޖާ އަކީ މަންމަގެ ފަރާތުން މީގެ ކުރިން ވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކުއްޖެކެވެ. އަދި އެ މައްސަލަ ޖެންޑާ މިނިސްްޓްރީ އާއި ފުލުހުން ވެސް ބަލާފައިވެ އެވެ.